Press Release: Joint letter to President Ibrahim Mohamed Solih regarding attempts to unduly influence judicial redress by the Maldivian Democracy Network (MDN) – (DHIV)
- April 8, 2021
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކްއިން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތައް ހުރަސް އެޅުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކުރައްވާ މަސައްކަތް ހުއްޓެވުމަށް ގޮވާލާ ގުޅިފައިވާ ޖަމްޢިއްޔާތަކުގެ ސިޓީއާއި ގުޅޭ
ދުނިޔޭގެ އެކި ޤައުމުތަކުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރަމުންދާ 30 ޖަމާއަތެއް ގުޅިގެން 8 އޭޕްރީލް 2021 ވަނަ ދުވަހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި މޯލްޑިވިއަން ޑިމްކޮރަސީ ނެޓްވަރކް (އެމް.ޑީ.އެން) އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުގެ ޤާނޫނީ ޙުއްޖަތު އަންގައިދިނުމަށް އެދިފައިވެއެވެ. ސިޓީ ފޮނުވާފައިވަނީ އެމް.ޑީ.އެން އަދި އެޖަމްޢިއްޔާގެ މުއައްސިސުންނާއި ދެކޮޅަށް ހިންގަމުންދާ ތަޙްޤީޤަކާއި ގުޅޭގޮތުން 10 މާރިޗު 2021 ވަނަ ދުވަހުގައި ރައީސް ސޯލިހު ދެއްކި ވާހަކަފުޅުތަކެއްގައި، ޤާނޫނީގޮތުން ހަމަނުޖެހޭ އަދި ޙަޤީޤަތާއި ޚިލާފު ވާޙަކަތަކެއް ހިމެނިފައިވުމާއި ގުޅިގެންނެވެ
ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރަމުންދާ އެންމެ ދުވަސްވީ ޖަމްޢިއްޔާ ކަމުގައިވާ އެމް.ޑީ.އެން ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ސަރުކާރުން އުވާލާފައެވެ. އެގޮތަށް ފިޔަވަޅު އަޅާފައިވަނީ އެ އެމް.ޑީ.އެން އިން 2016 ވަނަ އަހަރުގައ9ި ޝާޢިއުކުރި، ދިވެހިރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް މިންވަރު ދައްކުވައިދޭ ރިޕޯޓަކީ ދީނާ ޚިލާފު ރިޕޯޓެއްކަމުގައި ތުހުމަތުކޮށް 2019 ވަނަ އަހަރުގެ ފަހުކޮޅު ދީނީ ހަރުކަށި ބަޔަކު ހިންގާފައިވާ ކެމްޕޭނަކާއި ގުޅިގެންނެވެ. އަދި އެގޮތުން ދިވެހި ސަރުކާރުން އެވަނީ ހަރުކަށި ފިކުރުގެ ހަރަކާތްތަކަށް ޖާގަ ދީފައެވެ
ގުޅިފައިވާ ޖަމާއަތްތަކުން ރައީސް ސޯލިހަށް ފޮނުވި ސިޓީގައި، އެމް.ޑީ.އެން އިން އިންސާފު ހޯދުމަށް ފަށާފައިވާ ޝަރުޢީ މައްސަލައަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރެއްވުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން، ރައީސް ސޯލިހުގެ އަމަލުތަކުގެ ސަބަބުން ޖަމްޢިއްޔާއަށް ނިސްބަތްވާ ފަރާތްތަކަށް އިތުރު ނުރައްކަލާއި ގޯނާ ކުރިމަތިވުން އެކަށީގެންވާކަން ހަނދުމަކޮށް އަރުވާ، އެޖަމްޢިއްޔާއަށް ނިސްބަތްވާ ފަރާތްތަކަށް 2019 ވަނަ އަހަރުގެތެރޭގައި ހިންގާފައިވާ ހަރުކަށި ފިކުރުގެ ހަރަކާތްތަކާއި ގުޅިގެން ކުރިމަތިކުރުވާފައިވާ މަރުގެ އިންޒާރުތަކާއި އެހެނިހެން އަނިޔާވެރި އިންޒާރުތަކުން ރައްކާތެރިކޮށްދިނުމަށް ސޯލިހުގެ ސަރުކާރުން ނުކުޅެދިފައިވާކަން ފާހަގަކޮށްފައިވެއެވެ
ސިޓީ ފޮނުވާފައިވާ ޖަމާއަތްތަކަކީ
1. ALTSEAN-Burma
2. Asian Forum for Human Rights and Development (Forum-Asia)
3. Asian Resource Foundation (ARF), Thailand
4. Association of Parents of Disappeared Persons (APDP), Kashmir
5. AwazCDS-Pakistan
6. BALAOD Mindanaw, Philippines
7. Bytes For All, Pakistan
8. CIVICUS: World Alliance for Citizen Participation
9. Commonwealth Human Rights Initiative (CHRI)
10. Freedom House
11. International Federation for Human Rights (FIDH)
12. Jammu Kashmir Coalition of Civil Society
13. Karapatan Alliance Philippines
14. Kazakhstan International Bureau for Human Rights and the Rule of Law
15. League for the Defence of Human Rights in Iran (LDDHI)
16. Maldivian Democracy Network – Geneva
17. Mandkhaitsetsen Urantulkhuur, Centre for Human Rights and Development, Mongolia
18. Manushya Foundation, Thailand
19. Metro Center For Journalists Rights & Advocacy, Iraqi Kurdistan Region
20. National Commission for Justice and Peace (NCJP), Pakistan
21. OPEN ASIA / Armanshahr Foundation
22. Philippine Alliance of Human Rights Advocates (PAHRA), Philippines
23. Public Association Dignity (Kazakhstan)
24. SUARAM, Malaysia
25. Sudanese Development Initiative (SUDIA), Sudan
26. The Association of Women for Awareness and Motivation (AWAM), Pakistan
27. Think Centre, Singapore
28. Universal Rights Group, Geneva
29. Vietnam Committee on Human Rights
30. Vietnamese Women for Human Rights
______________________________________________________________________________